ރާއްޖޭގައި މީހުންގެ ދިރިއުޅޭ ރަށްރަށުގައި ވެސް ސީޕްލޭންގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ ނޭޝަނަލް ހާއްސަ ޕްލޭނެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ސީޕްލޭގެ ހިދުމަށް ފެށުމަށް ނިންމާފައިވާ ކަމަށާއި ހިދުމަތް ދޭން ފެށުމަށް ތައްޔާރީތައް ވެދސް ވަމުން އަންނަ ކަމަށެވެ.
އެގޮތުން ސީޕްލޭންގެ ހިދުމަތް މި ވަގުތު އެންމެ މުހިއްމުވެފައިވާ ރަށްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މ. މުއްޔާއި ހދ. މަކުނުދު އަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.
"ސީޕްލޭން ހިދުމަތަށް ބޭނުންވާނެ ޕްލެޓްފޯމް ނުވަތަ އޮގްޒިލަރީ ގާއިމުކުރާނެ ސަރަހައްދުތައް ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ. "ނޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން ކޮންމެ 30 ރޭޑިއަސްއެއްގައި ސީޕްލޭންގެ ހިދުމަތްތައް ގާއިމުކުރުމަށް ނިންމާފައި ވަނީ. އެއީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމަކަށް ނުވާތީ."
ނަޒީރު ވިދާޅުވީ ނޭޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން ދެކުނާއި އުތުރުގައި ފަސް ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރާނެ ޑޮމެސްޓިކް އެއާޕޯޓުތަކުން ދަތުރުފަތުރު ކުރުމުގެ ވަގުތު އަވަސްކުރުމަށް ވެސް އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށެވެ. ވިދާޅުވި އެވެ.
ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން ވިއުގަ ރާއްޖޭގައި އޮޕަރޭޓްކުރާ އިރު، މި ހިދުމަތަކީ ރާއްޖޭގެ ރިސޯޓަކަށް ޓޫރިސްޓުން އުފުލަން ބޭނުންކުރާ މައިގަނޑު ވަސީލަތެވެ. ނަމަވެސް ހާއްސަ ހާލަތްތަކާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ސީ ޕްލޭން ބާއްވަ އެވެ.
ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނިތަކުގެ ތެރޭގައި ޓީއެމްއޭ އާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ ހިމެނެ އެވެ.