Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

އަރުބާޒްގެ ފިލްމެއް ރަވީނާ އަށް

އަރުބާޒް ޚާން ޕްރޮޑިއުސްކުރާ ފިލްމަކަށް ބަތަލާ ރަވީނާ ޓަންޑަން ސޮއިކޮށްފި އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާ ސޮއިކުރި މި ފިލްމަކީ "ޕަތުނާ ޝުކްލާ" ކިޔާ ސޯޝަލް ޑްރާމާއެކެވެ. ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޕްރޮޑިއުސްކުރާ ފިލްމަކަށް ރަވީނާ ސޮއިކުރި އިރު، ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކީ ކުޅުނު 1991 ގެ "ޕައްތަރު ކޭ ޕޫލް" އިންނެވެ.

"ޕަތުނާ ޝުކްލާ" އާ ބެހޭ ގޮތުން އަރުބާޒް ބުނީ މިއީ އޭނަ ޕްރޮޑިއުސްކުރާ ހަ ވަނަ ފިލްމު ކަމަށާއި މި ފިލްމަކީ މީގެ ކުރިން ރަވީނާ ކުޅެފައި ނުވާ ކަހަލަ ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމެއް ކަމަށެވެ. މީގެ ޑައިރެކްޓަރަކީ ވިވެކް ބުޑަކޯޓީ އެވެ.

ރަވީނާ، 47، އެންމެ ފަހުން ފެނިފައި ވަނީ މި އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ އެޕްރީލްގައި ރިލީޒްކުރި ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިންނެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ގުޅްޗާޅީ" ހިމެނެ އެވެ.