Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

ސޯނަމްގެ ދަރިފުޅަށް ކިޔަނީ ވަޔޫ

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ ދަރިފުޅަށް އެއް މަސް ފުރުނު ދުވަހާ ދިމާކޮށް އިއްޔެ ނަން ކިޔައިފި އެވެ.

އެކަމަށްޓަކައި ވަރަށް ކުލަގަދަކޮށް ހަފުލާއެއް ވެސް ބޭއްވުމަށް ފަހު ސޯޝަލްް މިޑިއާގައި ވެސް ކުއްޖާގެ ނަން އާންމުކޮށްފައިވެ އެވެ. ފިރިމީހާ އާނަންދު އަހޫޖާ އާއި ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ސޯނަމް ބުނީ އަލަތު ދަރިފުޅުގެ ނަމަކީ ވަޔޫ ކަޕޫރް އަހޫޖާ ކަމަށެވެ. އަދި އެ ނަން ދަރިފުޅަށް ދިން ސަބަބު ވެސް ކިޔައި ދީފައިވެ އެވެ.

ސޯނަމާއި އާނަންދު ކައިވެނިކުރީ 2018 ގަ އެވެ.

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ކައިވެނިކުރި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ، ފިރިމީހާއާ އެކީ ދިިރިއުޅެނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ. އެކަމަކު މިދިޔަ މަހުގެ 20 ގައި ސޯނަމް ވިހެއީ މުމްބާއީގަ އެވެ.