Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

އިންޑިއާގެ ކޮމީޑިއަން ރާޖޫ މަރުވެއްޖެ

މިދިޔަ މަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ޝްރިވަސްތާވް މިއަދު މަރުވެއްޖެ އެވެ.

އޭނަގެ މަރުހެ ޚަބަރާ އެކީ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ. ރާޖޫ އަށް ހާޓްއެޓޭކެއް ޖެހިގެން ނިއު ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 10 ގަ އެވެ. އޭގެ ފަހުން 58 އަހަރުގެ ކޮމީޑިއަން އަށް ފަރުވާ ދެމުން އައީ އައިސީޔޫގަ އެވެ.

އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި ކޮމީއަޑިއަނުންގެ ތެރޭގައި ހިމެނޭ ރާޖޫ ވަނީ މިދިޔަ މަހު ސޮނީ ޓީވީން ނިންމާލި "އިންޑިއާސް ލާފްޓާ ޗެމްޕިއަންސް" ގައި ވެސް މެހުމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. މިހާތަނަށް ވަރަށް ގިނަ ކޮމެޑީ ޝޯތަކުން ފެނިފައިވާ ރާޖޫ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި "މޭނޭ ޕިޔާރު ކިޔާ"، "ބާޒީގަރް" އަދި "ބޮމްބޭ ޓު ގޯއާ" ހިމެނެ އެވެ.

ރާޖޫ މަރުވި އިރު އަންބަކާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.