Last Updated: October 4, 11:50
Tuesday, October 4, 2022
ޚަބަރު

އައްޑޫ ކެތު ލެބް ވަރަށް އަވަހަށް ހުޅުވާނެ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހަދަން ނިންމާފައިވާ ކެތު ލެބް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ކްރޮސްރޯޑްސްގައި މިހާރު ކުރިއަށްދާ އޭޑީކޭ ހޮސްޕިޓަލްގެ "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިނގަމުންދާ އިރު، އައްޑޫގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވި އެތަނުގެ ހިދުމަގތް ލިބެން ފަށާނެ ކަމަށެވެ.

އޭއީއެޗްގައި ކެތު ލެބެއް ހަދަން ބީލަމަށްލީ މި މަހުގެ ކުރީކޮޅު އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ސެޕްޓިކް އޯޓީ ރޫމަށް ބަދަލުތަކެއް ގެނެސް އެތަނުހައި ކެތު ލެބް ގާއިމުރަން ހަމަޖެހިފައިވެ އެވެ. އެއީ މަސައްކަތް ހަވާލުކުރާތާ 45 ދުވަސް ތެރޭގައި ކޮށްދޭނެ ނިންމާ ގޮތަށެވެ.

އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ދިން މުއްދަތު މި މަހުގެ 15 އަށް ވަނީ ހަމަވެފަ އެވެ.

އޭއީއެޗްގައި ކެތު ލެބެއް ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލި އިރު، ކެތު ލެބެއްގެ ހިދުމަތް ފަށަން ހޮސްޕިޓަލްގެ މިދިޔަ އަހަރުގެ ބަޖެޓްގައި ވެސް ހިމެނި އެވެ. ކެތު ލެބަކީ ހިތުގެ ބަލިތަކަށް ހާއްސަ ކްލިނިކެކެވެ.

އޭއީއެޗަކީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މި ތަނުގެ ހިދުމަތް ފެށީ ޖެނުއަރީ 15، 2020 ގަ އެވެ.