Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ބޭރަށް ފައިސާ ފޮނުވައިގެން އިނާމު ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި މި ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ ޑިސެންބަރުގެ 21 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ކޮންމެ ދެ ހަފުތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް އަދި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ލަގްޒަރީ ރިސޯޓަކުން ދެ މީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް ދިނުމަށް ވަނީ ނިންމާފަ އެވެ.