އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީމާ ގޮމޭޒްގެ ޑޮކިއުމަންޓްރީ "ސެލީނާ ގޮމޭޒް: މައި މައިންޑް އެންޑް މީ" ގެ ޓްރެއިލާ އާންމުކޮށް، އެ ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
އެޕަލް ޓީވީ ޕްލަސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 4 ގަ އެވެ. "ސެލީނާ ގޮމޭޒް: މައި މައިންޑް އެންޑް މީ" އެވެ. މި ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރީ މިއުޒިކް ލެޖެންޑް މެޑޯނާގެ "މެޑޯނާ: ޓުރުތު އޯ ޑެއާ" ގެނެސްދިން އަލިކް ކެޝީޝިއަންނެވެ.
މީގެ ފަސް އަހަރު ކުރިން ކިޑްނީ ޓްރާންސްޕްލާންޓެއް ވެސް ހަދާފައިވާ ސެލީނާގެ ޑޮކިއުމަންޓްރީ ފީޗާގައި ވަރަށް ޒުވާން އުމުރުގައި އޭނަ އަށް ލިބުނު މަޝްހޫރުކަމާ އެކީ ކެރިއަރު ކުރިއަރައިގެން ދިޔަ ގޮތާއި ހަޔާތުގެ އެކި މަރުހަލާތަކުގައި ތަޖުރިބާކުރަން ޖެހުނު އެތައް ކަމެއް ދައްކުވައި ދޭނެ އެވެ.
ހާއްސަކޮށް އޭނަގެ ހަޔާތަށް "އަނދިރިގަނޑެއް" ވެރިވި ހަ އަހަރުގެ ވާހަކަ އަށް ޑޮކިއުމަންޓްރީގައި ވަރަށް ބޮޑަށް އަލިއަޅުވާލާފައި އިންނާނެ އެވެ. އެމެރިކާގެ ޓެކްސަސް އަށް އުފަން 30 އަހަރުގެ ސެލީނާގެ މިއުޒިކީ ކެރިއަރުގައި މިހާތަނަށް ސޯލޯ ތިން އަލްބަމް ނެރެފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުނު އަލްބަމަކީ 2020 ގެ "ރެއާ" އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން ސެލީނާ އަކީ ބަތަލާއެއް ވެސް މެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ.