Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް: ޖަމީލު

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މިހާރު ކޮރަޕްޝަންގެ އައްޑާތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް އިބްރާހީމް މުހައްދު ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށާއި އެ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން އިސްތިއުފާ ދެއްވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދުގެ އިސްތިއުފާގެ ސިޓީގެ ކޮޕީއަކާ އެކީ ޖަމީލު ޓްވިޓާގައި ވިދާޅުވީ މިއަދު ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް ކަމަށެވެ.

"ހުރިހާ ބާރެއް ލިބުމުން ރައްޔިތުންނަށްވީ ގެއްލުން. މި ރައީސްގެ ސިޔާސަތަކީ ރިއެކްޓް ނުކުރެއްވުން. ހީލަތްތެރިކޮށް ދައުލަތް ދަވާލައިފި." ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށްވަޑައިގަތީ ކޮރަޕްޝަނަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރެންސްގެ ވައުދާ އަކީ ކަމަށް ވެސް އެ މަންޒަރެއް ނުފެނެ އެވެ. އަދި މި ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ނުބަލާތީ އެކަމާ ޖަމީލު ވަރަށް ގިނައިން ސަރުކާރަށް ފާޑު ވިދާޅުވެ އެވެ.