Last Updated: October 4, 11:19
Tuesday, October 4, 2022
ޚަބަރު

ކެތު ލެބްގެ ސާމާނު އިންސްޓޯލްކުރަން ބީލަމަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކެތު ލެބްގެ އިކްޕްމަންޓްސް އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ބޭނުން ވަނީ މަސައްކަތް ހަވާލުކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިދެވޭނެ ބައެއް ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 29 އާ ހަމައަށް ވަނީ ދީފަ އެވެ. ރަޖިސްޓްވާން ޖެހެނީ މި މެއިލް މެދުވެރިކޮށެވެ.

އޭއީއެޗްގެ ކެތު ލެބް ގާއިމުކުރަން ނިންމާފައި ވަނީ ހޮސްޕިޓަލްގެ ސެޕްޓިކް އޯޓީ ރޫމަށް ބަދަލުތަކެއް ގެނެސްނެވެ. އޭއީއެޗްގައި ކެތު ލެބެއް ހަދަން ބީލަމަށްލީ މި މަހުގެ ކުރީކޮޅު އެވެ. އެގޮތުން މަސައްކަތް ހަވާލުކުރާތާ 45 ދުވަސް ތެރޭގައި ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ލައި އެ މުއްދަތު ހަމަވީ މި މަހުގެ 15 އަށެވެ.

ކެތު ލެބަކީ ހިތުގެ ބަލިތަކަށް ހާއްސަ ކްލިނިކެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމު އިއްޔެ ވިދާޅުވީ އީއޭއެޗްގެ ކެތު ލެބްގެ ހިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.