Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެސްޓީއޯގެ "ވޯކް ޓު ވާކް ޑޭ" ފަށައިފި

އެސްޓީއޯގެ "ވޯކް ޓު ވާކް ޑޭ" ފަށައިފި އެވެ.

ފައި މަގުގައި ހިނގާފައި މަސައްކަތްތަކަށް ނުކުންނަން މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފާހަގަކުރާ މި ދުވަހަކީ އެސްޓީއޯގެ މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުންފުނިން ފާހަގަކުރާ ދުވަހެކެވެ. މި އަހަރަކީ "ވޯކް ޓު ވާކް ޑޭ" އެސްޓީއޯ އިން ފާހަގަކުރާ ތިން ވަނަ އަހަރެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން "ވޯކް ޓު ވާކް ޑޭ" ފާހަގަކުރުން މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފެށުމަށް ފަހު އަމާޒަކީ ކުރިއެކޭ އެއްގޮތަށް މިއަހަރު ވެސް މުޅި ކުންފުނީގެ ހުރިޖާ މުވައްޒަފުން ހިނގާފައި މަސައްކަތަށް ދިއުން ކަމަޑެވެ. އަދި އުންމީދަކީ ވަކި އުމުރަކަށް ބެލުމެއްނެތި މި ހަރަކާތް ވަރަށް ކާމިޔާބު ކަމާއިއެކީ ކުރިއަށް ގެންދިއުން ކަމަށް ވެސް ބުންޏެވެ.

އެގޮތުން މިއަދު "ވޯކް ޓު ވާކް ޑޭ" ފާހަގަކުރާ އިރު، މުވައްޒަފުން މުޅި ދުވަހު އުޅޭނީ ފައިމަގުގަ އެވެ.

"އެސްޓީއޯއިން މިފަދަ ހަރަކާތެއް ފަށައި ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް މިފާހަގަ ކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން. ކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރުދީ އާންމު ފަރުދުން ވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުމުގެ ގޮތުން،" އެސްޓީއޯ އިން ބުންޏެވެ. "އެސްޓީއޯ އިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކޮށް، ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަޔާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގަމުން."

ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުނީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ވެސް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ހައުސްތަކުގެ މެދުގެ ބާއްވާ އެކި ގިނަ ކުޅިވަރުގެ ހަރަކާތްތަކުންނާއި ގައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގައި އެސްޓީއޯ އިން މުވައްޒަފުން ބައިވެރިކުރުމަކީ އޭގެ ހެއްކެއް ކަމަށެވެ.

"ހަމަމިއާ އެކު، އެސްޓީއޯ އާއި އެސްޓީއޯ ގްރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާ އެކު ތައްޔާރުކޮށްފައިވާ ޖިމަކީ ފާހަގަކޮށްލެވޭ ކަމެއް،" އެސްޓީއޯ އން ބުންޏެވެ. "އެސްޓީއޯގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާ މެދު ހޭލުންތެރިކުރުވައި، ސިއްހަތަށާއި، ތިމާވެއްޓަށް ފައިދާ ހުރި އާދަތަށް މިމުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުން."

އެ ކުންފުނިން މިފަދަ ކަންކަމަށް ހިތްވަރުދީ ބުނާ ވާހަކަ އަކީ މިއެވެ؛ ތިބާގެ އަމިއްލަ ހަށިގަނޑުދެކެ ލޯބިވާށެވެ. އަދި ވަށައިގެންވާ މާޙައުލު ސާފުކުރުމަށް ލޯބިކުރާށެވެ. ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ ނަފުސު ދެކެ ލޯބިވާ ގައުމުދެކެ ލޯބިވާ ބައަކަށްވާށި އެވެ.