Last Updated: April 25, 17:01
Thursday, April 25, 2024
މުނިފޫހިފިލުވުން

"މަޖާ މާ" ގެ ޓްރެއީލާ ދައްކާލައިފި

އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މަދޫރީ ޑިކްސިޓްގެ އާ ފިލްމު "މަޖާ މާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ފިރިހެން ދަރިއެއްގެ ކައިވެނީގެ ޕްލޭނަކަށް މަޔަކުވަމުން އަންނަ ތައްޔާރީތަކާއި އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެއް ފެންނާނެ އެއްޗެކެވެ. "މަޖާ މާ" ގެ ކާސްޓްގައި ގަޖްރާޖް ރާއޯ، ރިތުވިކް ބޯމިކް، ބަރްކާ ސިންގް، ސުރިޝްތީ ސްރިވަސްތާވް، ޝީބާ ޗައްޑާ، ރަޖިތު ކަޕޫރް އަދި ސިމޯން ސިންގް ހިމެނެ އެވެ.

މިއީ ސުމިތު ބަތޭޖާގެ ސްކްރީންޕްލޭއަކަށް އާނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

އަންނަ މަހުގެ 6 ގައި "މަޖާ މާ" ޕްރީމިއާކުރަން ހަމަޖެހިފައިވާ އިރު، މީގެ ވާހަކަ މަދޫރީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 55 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ 2019 ގެ "ކަލަންކް" އެވެ.

މި އަހަރުގެ ކުރީކޮޅު މަދޫރީގެ ވެބް ސީރީޒް "ދަ ފޭމް ގޭމް" ނެޓްފްލިކްސް އިން ގެނެސްދީފައިވެ އެވެ.