Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

އާސަންދައިގެ އެމްޑީގެ މަގާމަށް އައްޒާމް

އާސަންދަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފި އެވެ.

އާސަންދައިގެ އެމްޑީ ކަމަށް އައްޒާމް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޝަފީގް މަގާމުން ވަކިވުމާ ގުޅިގެންނެވެ.

އައްޒާމް މީގެކުރިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމު ވެސް އަދާކޮށްފަ އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.