Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

ބޮމެއް އޮތް ކަމަށް ބުނި މީހަކު ހިފަހައްޓައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު- ފޮޓޯ: ގަން އެއާޕޯޓު

ފުރަން ގޮސް ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކި މީހަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހިފެހެއްޓީ ދަބަސް ޗެކް ކުރަން އުޅުމުން ދަބަހުގައި އޮތީ ބޮމެއް ކަމަށް ބުނެ ވާހަކަ ދެއްކުމުންނެވެ. އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ގަން އެއާޕޯޓު މިވަގުތު އޮތީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ގެންގުޅުނު ތަކެތި އެމްއެންޑީއެފުން ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުރަން ގޮސް ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކުމުން މީގެކުރިން ވެސް ބައެއް މީހުން ރާއްޖޭގެ އެކި އެއާޕޯޓުތަކުން ހައްޔަރުކޮށްފައިވެ އެވެ.