Last Updated: October 4, 11:50
Tuesday, October 4, 2022
ޚަބަރު

މޮޓޯސްޓޮޕް އިން އާ ޕްރޮޑަކްޓެއް ތައާރަފު ކުރަނީ

އައްޑޫ އަދި ފުވައްމުލަކަށް މުޅިން އަލަށް ތައާރަފްކުރާ ޕޮރްޑަކްޓްތަކެއް ލޯންޗްކުރުމަށް މޮޓޯސްޓޮޕް އިން ތައްޔާރުވެއްޖެ އެވެ.

މޮޓޯސްޓޮޕް އަކީ 2019 އަހަރުން ފެށިގެން ސައިކަލް އަދި ކާރު ފަދަ އުޅަނަދުތައް ޖަރީކުރުމުގެ އިތުރުން އެހެނިހެން ޙިދުމަތް ވެސް ދެމުންގެންދާ ކުންފުންޏެކެވެ. މޮޓޯސްޓޮޕް އެންމެ ފާހަގަކޮށްލެވެނީ އަބަދުވެސް އާ އިނޮވޭޝަންތައް ހޯދާ ކުންފުންޏެއް ގޮތުގަ އެވެ. އެގޮތުން މިފަހަރު މޮޓޯސްޓޮޕް އިން އާންމުންނަށް މި ތައާރަފު ކުރަނީ އައިރިސް ޕޮރޯ ޓިންޓް ޕޮރޯ އެވެ.

އައިރިސް ޕޮރޯ އަކީ ދުނިޔޭގެ އެންމެ އެޑްވާންސް ޔޫވީ 400 އޮޕްޓިކަލް ފިލްމެއެވެ. 6+1 ފަޝަލަ ހިމަނައިގެން އުފައްދާފައިވާ ދެ ޕޭޓެންޓް ރައިޓްސް އިންނަ މޮޅޮ އުފެއްދުމެކެވެ. އެކި ލޭޔާތައް ކިތައްމެ ޒަމާނެއްވިޔަސް ވަކި ނުކުރެވޭ ގޮތައް ހަދާފައިވާ މި ޕޮރޮޑަކްޝަންގެ ޕޭޓެންޓްގެ ސަބަބުން ދުނިޔޭގެ އިތުރު އެއްވެސް ކޮމްޕެނީއަކަށް މި ޕޮރްޑަކްޓް ބޭނުން ނުކުރެވެއެވެ. މީގެ ފީޗާސްތަކުގެ ތެރޭގައި

●100% ޔޫވީ ކަޓް
● ހޫނުން ސަލާމަތް ކޮށްދޭ 85%
●100% އެޗްއީވީ ބްލޫ ލައިޓު ސަލާމަތްކޮށްދޭ
● 10 އަހަރުގެ ވޮރެންޓީ

މީގެ އިތުރުން މިޕޮރްޑަކްޓްއިން ރީއްޗަށް ބޭރު ފެންނަ އަދި ބޭރުން އެތެރެ ނުފެންނަ އޮޕްޝަންސްވެސް ހުންނާނެވެ.
ހުކުރު އަދި ހޮނިހިރި މި ދެ ދުވަހު އައްޑޫ ސިޓީގެ އެކި ސަރަހައްދު ތަކުގައި ޕްރޮޑަކްޓު ދައްކާލުމަށް މޮޓޯސްޓޮޕްން ވަނީ ތައްޔާރުވެފައެވެ. މި ސެޝަންތަކުގައި ޓިންޓް ޑެމޯވެސް ދައްކާގޮތައް ހަމަޖެހިފައިވާކަމަށް މޮޓޯ ސްޓޮޕްގެ މެނޭޖަރު އަރީފް ވިދާޅުވިއެވެ. އަަދި
މި އިވެންޓްކުރިއަށް ދާ ގަޑިތައް މޮޓޯސްޓޮޕް ފޭސްބުކް ޕޭޖް އިން ފެންނާނެވެ. htts://www.fcebook.co/MOTOR-STOP-104656244369665/
މި އިވެންޓާގުޅޭ މަޢުލޫމާތު ހޯދާލުމަށާއި ބުކިން ހެއްދުމަށް 7699191 ނުވަތަ 9810009 އަށް ގުޅާލެވޭނެވެ.