Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ބޮމެއް އޮތް ކަމަށް ބުނި މީހުން ދޫކޮށްލައިފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހަވީރު ފުރަން ދިޔަ ބަޔަކު އެ މީހުންގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައާ ގުޅިގެން ހައްޔަކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ހިތަދު އަށް ނިސްބަތްވާ ދެމަފިރިންނެވެ. އެ މީހުންގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނީ އެ މީހުން ފުރަން ގެންދިޔަ ތަކެތީގެ ތެރޭގައި އިން ކުޑަފޮށިގަނޑެއް ޗެކްކުރަން އުޅުމުންނެވެ. އަދި އޭގައި އޮތީ ބޮމެއް ކަމަށް ބުނީ އަންހެން މީހާ އެވެ. އެކަމާ ގުޅިގެން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކުރި ނަމަވެސް އެފަދަ އެއްޗެއް އެ މީހުންގެ އަތުން ފެނިފައެއް ނުވެ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 58 އަހަރުގެ އަންހެނަކާއި 61 އަހަރުގެ ފިރިހެނެކެވެ. އެ މީހުން ދޫކޮށްލި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އިތުރު އެއްޗެއް ހާމައެއްނުކުރެ އެވެ.

މިއީ މިފަދަ މައްސަލައެއްގައި ގަން އެއާޕޯޓުން ބަޔަކު ހައްޔަރުކުރަން ޖެހުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.