Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ހުޅުމާލޭން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ)-

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ހުޅުމާލޭން ގެއްލިގެން ހޯދަން ފެށި ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން، ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 7:00 ހާއިރު އެވެ. އޭގެ ފަހުން އޭނަ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އޭނަ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަޒުހާން ގެއްލުނު އިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭ ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ނަމްބަރު، 9393351 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން އެދިފައިވެ އެވެ.