Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

ރާނީގެ ސަންދޯއް އުފުލި ބޯޓަށް ރެކޯޑެއް

މިހާތަނަށް މަތިންދާބޯޓެއް ފުރި ފަހުން އެއަށް ވާނުވާ ނުވަތަ ޓްރެކްކުރީ އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ސަންދޯއް އެޑިންބަރާ އިން ލަންޑަނަށް ގެންދަން ކުރި ދަތުރު ކަމަށް ގިނިސް ވޯލްޑް ރެކޯޑުން އިން ބުނެފި އެވެ.

ރޯޔަލް އެއާ ފޯސް އާރްއޭއެފް ގެ ބޯޓެއް ކަމަށްވާ ގްލޯބްމާސްޓާ ސީ-19 ގެ މަތިންދާބޯޓް އެޑިންބަރާ އެއާޕޯޓުން ރާނީގެ ސަންދޯކާ އެކީ ފުރީ މި މަހުގެ 13 ވަނަ އެވެ. އަދި އާރްއޭއެފް ނޯތޯލްޓަ ބޯޓް ޖެއްސީ އޭގެ ގަޑިއިރަކާއި 12 މިނިޓް ފަހުންނެވެ. ބޯޓް ފުރިފަހުން މިނިޓެއްގެ ތެރޭގައި އެކަނި ވެސް އެ ޓްރެކްކުރި މީހުންގެ 6 މިލިއަނަށް އެރި އެވެ.

ފްލައިޓްރާޑާ24 އިން ބުނި ގޮތުގައި 4.79 މީހުން މީހުން ރާނީގެ ސަންދޯއް އުފުލި ބޯޓްގެ ދަތުރު ބެލި އިރު، އިތުރު 296،000 މީހުން ޔޫޓިއުބް ލައިވް ސްޓްރީމުން އެ ދަތުރު ބެލި އެވެ.

މިއީ ތާރީހުގައި ވެސް މިހާތަނަށް މަތިންދާބޯޓެއް ފުރި ފަހުން އެންމެ ގިނަ ބަޔަކު އެ ޓްރެކްކުރި ފަހަރެވެ. ކުރިން މި ރެކޯޑް އޮތީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ހައިސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރި ދަތުރެވެ. އޭނާ ދަތުރުކުރެއްވި ބޯޓް 2.2 މިލިއަން މީހުން ޓްރެކްކުރި އެވެ.

މި މަހުގެ 8 ގައި އުމުރުން 96 ގައި އަވަހާރަވި ރާނީހެ ޖަނާޒާ ބޭއްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ.