Last Updated: December 6, 23:06
Wednesday, December 6, 2023
މުނިފޫހިފިލުވުން

ބްރެޑް ޕިޓްގެ ސްކިން ކެއާ ލައިނެއް

ދެ ޖިންސްގެ މީހުންގެ ހަމަށް ވެސް ހާއްސަ ސްކިން ކެއާ ލައިނެއް ހޮލީވުޑްގެ މަޝްހޫރު ތަރި، ބްރެޑް ޕިޓް ލޯންޗްކޮށްފި އެވެ.

"ލެ ޑޮމައިން" ގެ ނަން ދީފައިވާ މި ބްރޭންޑަކީ ޕިޓާއި ވިޔާފާރީގެ ޕާޓްނަރެއް ކަމަށްވާ ސްޕެއިންގެ ޕެރިން އާއިލާއާ ގުޅިގެން ލޯންޗްކުރި އެއްޗެކެވެ. ޕެރިން އާއިލާ އަކީ އޯގެނިކް މޭބިސްކަދުރު އުފައްދައި އެއިން ބުއިންތައް ތައްޔާރުކުމުގެ ތަޖުރިބާހުރި އާއިލާއެކެވެ.

ހޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާ ބުނީ "ލެ ޑޮމެއިން" ގެ އުފެއްދުންތަކަކީ ދެ ޖިންސްގެ މީހުންގެ ހަމާ ވަރަށް ގުޅޭ އުފެއްދުްތަކަށް ވާނެ ކަމަށެވެ. އަދި މީގެ އެންމެ ހާއްސަ ކަމަކަށް ވާނީ މުސްކުޅިކޮށް ދިނުމުން ދުރުކޮށް ދިނުމާ އެކީ ހަމަަށް ތާޒާއިކަމާއި އިތުރު އުޖާލާކަން ގެނެސްދިނުން ކަމަށެވެ.

"މިއީ ހިޔާލީ ވާހަކައެއް ނޫން. ލެ ޑޮމެއިން އަކީ ވަރަށް ކޮލިޓީ ބްރޭންޑެއް، ކޮލިޓީ ޕްރޮޑަކްޓްތަކެއް ގެނެސްދޭނެ އެއްޗެއް." އުމުރުން 58 އަހަރުގެ އެކްޓަރު ބުންޏެވެ. "އަދި މިއީ ދުޅަހެޔޮ ހަމަކަށް މަގުފަހިކޮށްދޭނެ ބްރޭންޑެއް."

"ލެ ޑޮމެއިން" ގެ އުފެއްދުންތަކުގެ އަގު އުޅެނީ 80-385 ޑޮލަރާ ދެމެދުގަ އެވެ. އަދި އެއަށް ވެބްސައިޓް domaine.com/en-gb މެދުވެރިކޮށް އުފެއްދުންތައް ގަނެވޭނެ އެވެ.