Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހުޅުލޭ ފަރަށް އެރި ބޯޓަށް 300،000ރ. ގެ ޖޫރިމަނާއެއް

ހުޅުލެ ފަރަށް އެރި ބޯޓެއް 3،65000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ އެމްވީ ޗެން ކިޔާ ނަމަކަށް ކިޔާ އުޅަނދު ހުޅުލޭގެ ފަރަށް މި މަހުގެ ދެވަނަ ދުވަހު އެރުމާގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ޢައްޔަންކުރި ސަރވެޔަރަކާއެކު، މި މަހުގެ 10 ވަނަ ދުވަހު އެ އުޅަނދު ފަރަށް އެރި ސަރަޙައްދަށް ގޮސް ޖޮއިންޓް ސަރވޭއެއް ކޮށްފައިވާ ކަމަށެވެ.

ޖޮއިންޓް ސަރވޭއިން ފަރުގައި އެ އުޅަނދު ޖެހިފައިވާތީވެ، ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށް އީޕީއޭ އިން ބުނެ އެވެ. މިގޮތުން، ހުޅުލޭގެ ފަރަށް ލިބިފައިވާ ގެއްލުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބެލިބެލުމުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ ޢަދަދަކީ 365,000ރ. ކަމަށް އީޕީއޭ އިން ބުނެ އެވެ.

މި އުޅަނދު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު ޖޫރިމަނާގެ ފައިސާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް މި މަހުގެ 13 ވަނަ ދުވަހު އެ އުޅަނދުގެ ލޯކަލް އެޖެންޓް (ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ދައްކާފައިވާ ކަމަށްވެސް އީޕީއޭ އިން ބުނެ އެވެ.