Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

ދަނގެތީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް

އދ. ދަނގެތީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި އެވެ.

މަސްޖިދު އަބީބަކްރިއް ޞިއްދީޤި މިސްކިތް ހުޅުވާފައިވަނީ މިއަދު ހެނދުނު އެވެ.

ދަނގެތީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އާއި ދަނގެތީ ކައުންސިލްގެ ނައިބު ރައީސް އިމްރާނު އަހުމަދު އެވެ.

މި މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރައްވާފައިވަނީ މިނިސްޓަރު ޒާހިރު އެވެ.

މި މިސްކިތުގައި އެއްވަގުތެއްގައި 400 އަށް ވުރެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ ތަނަވަސްވެފައިވާ ކަމަށް ދަނގެތީ ކައުންސިލުން ބުނެ އެވެ.