Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޮއްޓެފަރު ރިސޯޓްގެ ބާގައި ރޯވެ އަނދައިފި

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްްއެންޑީއެފް ނޮދަން އޭރިއާއަށް ރޭ ދަންވަރު 01:12 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވި ކަމަށާއި މިގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ އެ ހާދިސާގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފައި ކަމަށެވެ.

ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރު ކަމަށް ސިފައިން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.