Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.15 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.15 މިލިއަނަށް އަރައިފި އެވެ.

މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 78،548 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 84،133 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން 163،717 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 137،501 މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 40،053 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 866 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 154 ސަފާރީއެއްގައި 2864 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.