ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކިރިގިސްތާނަށް ދަތުރު ކުރެވޭނެ އެއްބަސްވުމެއްގައި ދެ ގައުމުގެ މެދުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ އެވެ. އަދި ޓްރާންސިޓް ކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ އެވެ.
މި ސަރުކާރު އައި ފަހުން ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިޔާ އާއި މޮރޮކޯ އަދި ޗައިނާއަށް އަދި ދާދިފަހުން ކަޒަކިސްތާނަށް ވެސް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.