Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ވޯލްޑް ކަޕްގެ ކުޅުންތެރިންނަށް އެޕެއް

މި އަހަރުގެ ނޮވެމްބަރު މަހު ފަށަން ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ވާދަކުރާ ހުރިހާ ގައުމެއްގެ ކުޅުންތެރިންތަކެއް މުބާރާތުގެ މެޗްތަކުގައި އެ މީހުން ދައްކާ ފަފޯމަންސް އަންގައިދޭ އެޕެއް ބޭނުންކުރާ ގޮތަށް ނިންމައިފި އެވެ.

"ފީފާ ފްލެޔާ އެޕް" ކިޔާ މި އެޕަކީ ކުޅުންތެރިންގެ ޕަފޯމަންސާ ގުޅޭ މުހިއްމު ވަރަށް ގިނަ މައުލޫމަތުތަކަށް އެ މީހުންނަށް އެކްސެސްވެވި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަން މަގުފަހިކޮށްދޭނެ ފުރުސަތަކަށް ވެސް ވާނެ އެވެ. އެގޮތުން ދަނަޑުމަތީގައި ކުޅުންތެރިންގެ ހަރަކާތްތައް ހުންނަ ގޮތާއި މެޗްތަކުގައި ޖުމްލަކޮށް ވަކިވަކި ކުޅުންތެރިން ދައްކާ ޕަފޯމަންސްތަކުގެ މައުލޫމާތު އެޕް މެދުވެރިކޮށް ލިބޭނެ އެވެ.

މީގެ އިތުރުން މެޗްތަކުގެ ފޮޓޯތައް ވެސް ކުޅުންތެރިންނަށް އެޕްގެ ތެރެއިން ލިބި، އެ ފޮޓޯތައް އ ެމީހުންހެ ސޮޝަލް ނީޑިއާ އެޖައުންޓްޔަކުގައި ޕޯސްޓްކުރެވޭނެ އެވެ. "ފީފާ ޕްލެޔާ" އެޕަށް އެކްސެސްވެވޭނީ ހަމައެކަނި ކުުޅުންތެރިންނަށެވެ. އަދި އޭގައި އެކުލެވޭ ޑޭޓާތައް ރައްކާތެރިކޮށްދޭނެ އެވެ.

ކުޅުންތެރިންގެ ޕަފޯމަނަސް އަންގައިދޭ އެޕެއް މި އަހަރުގެ ބޭނުންކުރަން ނިންމި އިރު، މިއީ މިފަދަ އެޕެއް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ފަަހަކަށް އައިސް ފީފާ އިން ވޯލްޑް ކަޕްގައި އެކި ގޮތްގޮތަށް ޓެކްނޮލޮޖީ އަންނަނީ ބޭނުންކުރަމުންނެވެ.

މި ފަހަރު ބޭނުންކުރަން ނިންމި "ފީފާ ފްލެޕާ އެޕް" އާ ބެހޭ ގޮތުން ފީފާގެ ފުޓްބޯލް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ޑިރެކްޓަރު ޖޮހަނަސް ހޯޒްމުއަލާ ވިދާޅުވީ ޕަފޯމްސް އަންގައިދޭ އެޕެއްގެ ބޭނުން ހިފަން ނިންމީ ޕްރޮފޮޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ފަރާތުން ލިބުނު ހިޔާލުތަކާ ގުޅިގެންނ ކަމަށެވެ. އަދ މި ފަހަރު ގެނެސްދޭ ބަދަލާ އެކީ މުބާރާތުގެ މެޗްތަކުގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ހުނަރު ރަނގަޅުވާނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"ފީފާ ފްލެޔާ އެޕް" ޑިވެލޮޕްކޮށްފައި ވަނީ ކުޅުންތެރިންގެ ޔުނިއަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް (އެފްއައިއެފްޕީއާރްއޯ) ގެ އެހީތެރިކަމާ އެކީފަ އެވެ.

ގަތަރުގައި މި އަހަރުގެ ވޯލްޑް ކަޕް ފަށަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގަ އެވެ. އަދި މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރު 18 އާ ހަމަށެވެ.