Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މަރަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަނީ

އައްޑޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އައިމިނަތު ނުސްރާ.

އައްޑޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އެ ސިޓީގެ މަރަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލާ އެކީ ހިނގަމުން އަންނަ އަންހެނުންގެ ކޮމިޓީން އަޅަން ނިންމި ކޯޓަށް ބޭނުންވާ ޓާފް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ ބީލަމަށް ލައިފަ އެވެ. މިކަމާ ބެހޭ ގޮތުން ކައުންސިލުން ބުނީ ބީލަމުގައި ޝައުގުވެރިވާން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން އަންނަ މަހުގެ 4 އާ ހަމައަށް ކައުންސިލް އިދާރާ އިން ގަންނަން ލިބޭނެ އެވެ. އަދި ބީލަމުގެ ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. މި އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގަ އެވެ.