Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ވޮލީ ކޮމްޕްލެކްސް ތިން ވަނަ ފަހަރަށް ބީލަމަށް

އައްޑޫ މަރަދޫފޭދޫގައި ހަދަން ނިންމާފައިވާ އިންޑޯ ވޮލީ ކޮމްޕްލެކްސްގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ތިން ވަނަ ފަހަރށް ބީލަމަށް ހުޅުވާލައިފި އެވެ.

މި މަޝްރޫއު އެންމެ ފުރަޔަމަ ބީލަމަށްލީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އަނެއްކާ ދެވަނަ ފަރަހަށް މެއި މަހުގެ ފަހުކޮޅު ބީލަމަށްލި އެވެ. ނަމަވެސް އެކަމަށް އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ ކައުންސިލުން މިހާރު ވަނީ މަރަދޫފޭދޫ އިންޑޯ ވޮލީ ކޮމްޕްލެކްސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދައިދޭނެ ބަޔަކު ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލައިފަ އެވެ.

މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށް ކައުންސިލް އިދާރާ އިން ވިއްކާނެ އެވެ. އަދި ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. މީގެ އިތުރުން ބިޑް ސެކިއުރިޓީގެ ގޮތުގައި 18433.46ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ 120 ދުވަހެވެ.

މި މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 4 ގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.