Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އައްޑޫން 23 މީހަކު ފުލުހުންގެ ވަޒީފާއާ ގުޅިއްޖެ

އައްޑު ހާއްސަކޮށްގެ ކުރިއަށް ގެންދިޔަ ރެކްރޫޓްމަންޓްގެ ތެރެއިން 23 ފުލުހަކު މިއަދު ހުވާކޮށްފި އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސ. ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމް އެވެ.

މި ރަސްމިއްޔާތުގައި ސައުތު ޕޮލިސް ކޮމާންޑަރ އާއި އައްޑޫ ސިޓީ ކޮމާންޑަރާއި އައްޑޫ ސިޓީގެ ސްޓޭޝަންތަކުގެ ހެޑުން އަދި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިސް ވެރިން ބައިވެރިވި އެވެ.

މިއީ އައްޑޫ އަކީ އަމަން ރައްކާތެރި ތަނަކަށް ހެދުމަށް ލިބިގެންދިއަ އިތުރު ކުރިއެރުމެއް ކަމަށް އައްޑޫ ޕޮލިސް އިން ހާމަކުރެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ވަންނަން އެދޭ ޒުވާނުންނަށް ފަހިކޮށްދޭ ފުރުސަތުތަކާ އެކު ފުލުހުންގެ "އޯޕަން ޑޭ" މިދިޔަ މޭ މަހު ވަނީ އައްޑޫގައި ބާއްވާފަ އެވެ.