Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އަންނަ އަހަރުގެ އަމާޒަކީ 2 މިލިއަން ޓޫރިސްޓުން

އަންނަ އަހަރުގެ އަމާޒަކީ ރާއްޖެ އަށް މަދުވެގެން ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި "ރީއިމޭޖިނިން ޓޫރިޒަމް: ކަމިން ބެކް ފްރޮމް ދަ ބްރިންކް" އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 55 ވަނަ ބޯޑް ގަވަނާސްގެ ސެމިނާގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ ގައުމުގެ ޖީޑީޕީގެ 47 ޕަސަންޓް ކަމަށާއި ދައުލަތައް ލިބޭ އާމްދަނީގެ 46 ޕަސެންޓަނީ އަކީ އެ ދާއިރާ އިން ލިބޭ އާމްދަނީ ކަމަށެވެ. އެހެންވެ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރު މަޑުމަޑުން ރަނގަޅުވަމުން ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަކީ ކޮވިޑްގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ގައުމެވެ. އެކަމަކު ރާއްޖެ ހިމެނެނީ އެ ހާލަތުން އެންމެ އަވަހަށް އަރައިގަނެެ، ކުރީގެ ހާލަތަށް ރުޖޫއާވާ އެއް ގައުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 1.6 ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް އަންނަ އަހަރުގެ ޓާގެޓަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، 1.6 މިލިއަން ޓޫރިސްޓުން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމުގެ އަމާޒު ހާސިލު ވެސް ކުރެވޭނެ އެވެ. އަދި އަންނަ އަހަރު އަމާޒުހިފަނީ ދެ މިލިއަން ޓޫރިސްޓުންނާ އެކީ 14.5 މިލިއަން ބެޑް ނައިޓްސް ހެދުން ކަމަށް ވެސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.