Last Updated: February 5, 18:59
Sunday, February 5, 2023
ޚަބަރު

ކައުންސިލް އިދާރާ އާއި އަވަށު އޮފީސްތައް ސޯލާކުރަނީ

އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އެ ތަނުގެ ދަށުން ހިންގާ އަވަށު އޮފީސްތަކުގައި ސޯލާ ހަރުކުރަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަސައްކަތް ފަށާތާ 34 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 5 މިލިއަން ރުފިޔާ އެވެ. އަވި ޓެކްނޮލޮޖީސްއާ މަސައްކަތް ހަވާލުކުރީ ސޯލާ ޕަވާ ސިސްޓަމް ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލް އަދި ކަމިޝަން ވެސް ކުރާ ގޮތަށެވެ.

މި މަސައްކަތް ކައުންސިލުން ބީލަމަށްލީ ޖޫން މަހުގެ ތެރޭގަ އެވެ.

ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ އާއި އަވަށްތަކުގެ އަވަށު އޮފީސްތަކުގައި ސޯލާ އިން ހަކަތަ އުފައްދާ ގޮތަށް ނިންމީ އިޔާދަކުރަނިވި ހަކަތަ އައްޑޫގައި ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުންނެވެ.

އައްޑޫގެ އަވަށު އޮފީސްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށު އޮފީހެވެ.