Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ދިވެހިންނަކީ މެހުމާންދާރީގައި ނަމޫނާ ބައެއް: ރައީސް

ޓޫރިޒަމުން ރާއްޖެ އަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ޓޫރިސްޓުންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "އެޕްރިސިއޭޝަން ރިސެޕްޝަން" ހަފުލާގައި ރައީސް ވިދާޅުވީ ރާއްޖެ އަކީ ޒަމާނުއްސުރެ ވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމަށެވެ. އަދި ހަމަ އެ ގޮތަށް ޓޫރިޒަމްގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖޭން ވާދަކުރަމުންދާ އިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ސިނާއަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މި ސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުދަގޫ މަސައްކަތެއް. މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މިސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުން ގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާޢަތާ ގުޅިފައިވާ އެތައް ބައެއްގެ މިންނެތް މަސައްކަތް." ރައީސް ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި ރައީސް ވަނީ ފާއިތުވި 50 އަހަރުތެރޭ ޓޫރިޒަމް ދާއިރާ އަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" އެވޯޑް ހަވާލުކޮށްދެއްވައިފަ އެވެ.