Last Updated: April 23, 18:00
Tuesday, April 23, 2024
ދުނިޔެ

ފްލޮރިޑާ އަށް ވަރުގަދަ ތޫފާނެއް، 10 މަރު

އެމެރިކާގެ ފްލޮރިޑާ އަށް އިއްޔެ އެރި ވަރުގަދަ ތޫފާން އިއާން އެކީ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބި، މިހާތަނަށް 10 މީހަކު މަރުވެއްޖެ އެވެ.

މި ތޫފާން މުޅި ފްލޮރިޑާ އަރައި އެ ސްޓޭޓް މިހާރު އޮތީ ކުއްލި ހާލަތުގަ އެވެ. ތޫފާން އަދިވެސް އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ގޮވައިލަމުންވެ. ތޫފާން އިއާންގެ ސަބަބުން މިހާތަނަށް އެތައް ބައެއްގެ ގެދޮރު ހަލާކުވެ ހާލުަގައ ޖެހިފައިވާ އިރު، ފްލޮޮރިޑާގެ 2.2 މިލިއަން މީހުން މިހާރު ތިބީ ކަރަންޓްގެ ހިދުމަތުން ވެސް މަހުރޫމުވެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި ފްލޮޑިރާ އަށް މި އެރި އިއާން ތޫފާނަކީ ތާރީހުގައި ވެސް އެ ސޭޓަޓަށް މިހާތަނަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ.

ރަސްމީ އިދާރާތަކުން ބުނި ގޮތުގައި ތޫފާނުގެ މަރުވި 10 މީހުންނަކީ ދެކުނު ހުޅަނގު ޗާލޮޓް ކައުންޓީ އަށް ނިސްބަތްވާ މީހުންނެވެ. އަދި ތޫފާންގެ މިސްރާބު މިހާރު ހުރީ އުތުރާއި ދެކުނު ކެރޮލައިނާއާ ދިމާއަށެވެ.