Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ފޭދޫ ފިހާރައަކަށް ގެއްލުން ދީފި

ފޭދޫ ބޮޑުމަގުގައި ހުންނަ "ރައިޒިން ކްލައުޑްސް" ކިޔާ ފިހާރައަކަށް ގެއްލުން ދީފި އެވެ.

ރޭ ދަންވަރު 1:00 އެހާކަށްހާއިރު އެ ފިހާރައަށް ގެއްލުންދީފައިވާ އިރު، އެ ފިހާރައިގެ ބިއްލޫރި ދޮރު ވަނީ ތަޅާލައިފަ އެވެ.

މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައި އިރު މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފިހާރައިގެ ވެރިމީހާ ބުނި ގޮތުގައި ފިހާރަ އަށް ދިން ގެއްލުމުގެ އަގު 25،000ރ. އަށް ވުރެ ބޮޑެވެ. ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާ އިރު، މިއީ ވަކި މަގުސަދެއް އޮވެގެން ބަޔަކު ކުރި ކަމެއް ކަމަށް އެނގެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ..

މީގެ ހަތަރު ވަރަކަށް މަސް ކުރިން ހުޅުވި "ރައިޒިން ކްލައުޑްސް" އަކީ އީ-ސިގަރެޓާއި ވޭޕިން އަށް ބޭނުންކުރާ އުފެއްދުންތައް ވިއްކަން ހާއްސަ ތަނެކެވެ.