Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ހުޅުދޫގައި ޔޫތު ސެންޓަރެއް ހަދަން ބީލަމަށް

އައްޑޫ ހުޅުދޫގައި ޔޫތު ސެންޓަރެއް ހަދަން ބީލަމަށް ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހުޅުދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 9 ވަނަ ދުވަހުގެ ހެނފުނު 11:30 ގައި ޔޫތު މިނިސްޓްރީގައި އޮންނާނެ އެވެ.

މިދިޔަ ހަފުތާގައި މަރަދޫގައި ޔޫތު ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން ވެސް މިނިސްޓްރީން ބީލަމަށްލި އެވެ.