Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ނާސާގެ ކުރީގެ އެސްޓްރޯނަޓަކު ރާއްޖެ އަށް

އެމެރިކާގެ ޖައްވީ އިދާރާ، ނާސާގައި ކުރިން މަސައްކަތްކޮށްފައިވާ އަންހެން އެސްޓްރޮނޯޓް ހީޑްމޭރީ ސްޓެފީނީޝީ ޕައިޕާ ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނާ ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރާ ދިމާކޮށް ޕައިޕާއާ ބައްދަލުކރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރާއްޖޭގައި ހުންމަ އެމެރިކާ ސެންޓަރުން ބުންޏެވެ. އެތަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޕައިޕާ ރާއްޖެ އަށް ކުރާ ދަތުރުގައި އޭނައާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 8 ގައި ނެޝަނަލް މިއުޒިއަމްގައި އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ އެ ދުވަހުގެ ހެނދުނު 10:40 އިން މެންދުރު 12:00 އާ ހަމައަށެވެ.

އެހެންވެ ޕައިޕާއާ ބައްދަލުކުރަން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. އަދި މި މަހުގެ 7 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

މިހާރު އުމުރުން 59 އަހަރުގެ ޕައިޕާ އަކީ އޭނަގެ އެސްޓްރޮނޯޓްގެ ކެރިއަރުގައި ދެ ފަހަރަށް ޖައްވީ ދަތުރެއްކޮށްފައިވާ މީހެކެވެ. އަދި އޭނަ އަކީ ކުރިން އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. ޕައިޕާ ނާސާ އިން ރިޓަޔާކުރީ 2009 ގަ އެވެ.

ނާސާގެ ކުރީގެ އެސްޓްރޮނޯޓަކު ރާއްޖެ އަށް ޒިޔާރަތްކުރަން ހަމަޖެހިފައި މި ވަނީ ރާއްޖޭން ސްޕޭސް މިޝަނަކަށް މަސައްކަތްކުރަނުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރާއްޖޭގެ ސްޕޭސް މިޝަނަށް މެންބަރުންތަކެއް ކަނޑައަޅައި އޭގެ ނަމަކަށް ވަނީ "އަމާޒު" ގެ ނަން ދީފަ އެވެ.