Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑް ކޮޅަށް ސިޓީން ހަ ގޯލު

ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބައްދަލުކުރި މެޗު 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު ސިޓީ މިހާރު އޮތީ 8 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 8 މެޗުން ލިބުނު 21 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ޔުނައިޓެޑް އޮތީ 7 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ވެސް ސިޓީން ނިންމާލީ ހަތަރު ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ސިޓީގެ އެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު އާލިން ހާލަންޑް ކާމިޔާބުކޮށްދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

ސިޓީގެ ފަސްވަނަ ގޯލް މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު މިއީ އޭނާ ލީގުގައި ހެދި ތިންވަނަ ހެޓްރިކެވެ. ހާލަންޑް ވަނީ ސިޓީ އަށް ކުޅެދިން 10 މެޗުގައި 17 ގޯލް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ 72 ވަނަ މިނެޓްގައި ސިޓީގެ ހަވަނަ ގޯލް ކާމިޔާބުކޮށްދީ ފޮޑެން ވެސް ވަނީ އޭނާގެ ހެޓްރިކް ވަނީ ފުރިހަމަކޮށްފަ އެވެ. ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ތިން ގޯލްގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލް އެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ އެންޓޮނީ އެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާ އެވެ. ޔުނައިޓެޑް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.