Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހިތަދޫން ޒުވާނަކު ގެެއްލިގެން ހޯދަން ފަށައިފި

ސ. ހިތަދޫން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ

ފުލުހުން ހޯދަން އިއްލާންކޮށްފައިވަނީ އުބައިދުﷲ ހަސަން (28އ) ނަމަކަށް ކިޔާ ޒުވާނެކެވެ.

ފުލުހުން ބުނީ އުބައިދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަަމަށެވެ. އެންމެ ފަހުން އޭނާ ފެނުނު އިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެކެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށެވެ.

އުބައިދުﷲ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހިތަދޫއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށާފައިވާ އިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހުޅުމާލެއިން ގެއްލުނު 27 އަހަރުގެ ޒުވާނަކު މިރޭ އިރާކޮޅު މަރުވެ ކުނިވެފައިވާ އޮތްވާ ވަނީ ފެނިފައެވެ. އޭނާ ފެނުނީ ހުޅުމާލެ ރެޑްބުލް ސްކޭޓު ޕާކު ކައިރީ ވަލު ތެރޭގައި އޮތްވައެވެ.