Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

އައްޑޫން ގެއްލުނު މީހާއާ ގުޅިއްޖެ، ހާލު ރަނގަޅު

އައްޑޫ ހިތަދޫން ގެއްލުނު މީހާއާ ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ އުބައިދުﷲ ހަސަން ،28، އެވެ.

ފުލުހުން ބުނީ އޭނާއާ މިހާރު ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އަދި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.