Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މޯލްޑިވްސް ޓޫރިޒަމް އެވޯޑް 27 ފަރާތަކަށް

މި އަހަރު އަލަށް ދޭން ފެށި މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 27 ފަރާތަކަށް ދީފި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަލަށް ތައާރަފުކުރި ރޭ ދީފައި ވަނީ މި މިއަދު އަލަށް ފާހަގަކުރާ ގައުމީީ ޓޫރިޒަމް ދުވަހާ ވެސް ގުޅުވައިގެން ބޭއްވި ރަސްމީ ޖަލްސާގައެވެ. ރާއްޖޭގައި ޓޫރިޒަމް ދުވަހިގެ ގޮތުގައި ފާހަގަކުރަން ނިންމާފައި ވަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 3 އެވެ. އަދި މި ދުވަސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

ޓޫރިޒަމް އެވޯޑްސްގެ އުސްއަލިތައް:

* ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް
* ބެސްޓް ގެސްޓްހައުސް: ސަބާ ސަމަ ސުއިޓް
* ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
* ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއަ މޯލްޑިވްސް
* ބެސްޓް ވޯޓަ ސްޕޯޓް ސެންޓަރު: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
* ބެސްޓް ޑައިވް ސެންޓަރު: ރަސްދޫ ޑައިވާސް ކުރަމަތި
* ޕްރޮމޯޓިން ލޯކަލް ޑީޖޭ: ކޮންރަޑް މޯލްޑިވްސް
* ޕްރޮމޯޓިން ލޯކަލް މިއުޒީޝަން: ހާޑްރޮކް ހޮޓެލް
* ޕްރޮމޯޓިން ލޯކަލް ޕާފޯމާސް: ގިނަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
* ޕްރޮމޯޓިން ލޯކަލް ޕާފޯމސް: ރީތިބީޗް ރިސޯޓް
* ޔޫޓިލައިޒޭޝަން ލޯކަލް ޕްރޮޑަކްޓް: ސްޓޭންޑާޑް ހުޅަވަޅި މޯލްޑިވްސް
* ބެސްޓް ސްޓާފް އެކޮމޮޑޭޝަން: ޖޯލި މުރަމެންދޫ
ބެސްޓް ސްޓާފް ޑައިނިން: ކުރުނބާ މޯލްޑިވްސް
* އެންޕްލޯއީ ހެލްތް ކެއަ އަދި އެކްސެލެންސް އިން ސްޓާފް ރިކްރިއޭޝަން: ވަން އެންޑް އޮންލީ ރީތިރަށް
* ހަޔަސްޓް ނަންބަ ފީމޭލް އެންޕްލޯއީ: ޖޯލި މޯލްޑިވްސް
* އެންމެ ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓް: ބަނޑޮސް މޯލްޑިވްސް
* ސޭފަސްޓް ވޯކްފްލޭސް: ސައިލެގޫން ކްރޮސްރޯޑް
* ކެރިއަ ޑިވެލޮޕްމަންޓް: ކޮންސްޓެންޓް ހަލަވެލި
* ބެސްޓް ސްޓާފް ޑައިނިން އެކްސްޕީރިއަންސް، އެންޕްލޯއީ ހެލްތް ކެއަ އަދި އެކްސެލެންސް ސްޓާފް ރިކްރިއޭޝަން: ސަމާ ސުއިޓް
* ހަޔަސްޓް މޯލްޑިވިއަން އެންޕްލޯޔަސް: އައިލެންޑް ލަގްޒަރީ ފުޅަދޫ
* ސޭފެންސް ވޯކްޕްލޭސް: އިތާ ދިގުރަށް
* ބެސްޓް ޑައިނިން: މޯލްޑިވްސް އެކްސްޕްލޯރާ
* ސޭފަސްޓް ވޯކްޕްލޭސް: ގުރަހަލި ސަފާރީ ބޯޓް

މި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެވޯޑްތައް ހަވާލުކޮށް ދެއްވީ ރައީސާއި ނައިބު ރައީސެވެ..