Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

ބޮޑު ތަފާތަކުން ޝަންގްރިއްލާ އަށް މޮޅެއް

ކުރީގެ ފުޓްބޯޅަ ތަރިންނާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް މިވަގުތު މާލޭގައި ތިބި ޝަންގްރިއްލާ ކުޅުނު ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކާމިޔާބްކޮށްފި އެވެ.

އިއްޔެ ހަވީރު މާފަންނު ޓާފްގައި ޝަންގްރިއްލާ ކުޅުނީ ޓްރޭޑާސް ހޮޓަލާ އެވެ. މި މެޗް ޝަންގްރިއްލާ ކާމިޔާބް ކުރީ 8-1 ލަނޑުންނެވެ. މި މެޗްގައި ކުރިން ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ ކުޅެފަ އެވެ.

ޝަންގްރިއްލާއިން ބުނީ މިއަދު ހަވީރު އެކުވެރިކަމުގެ އިތުރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރަނީ މިދިޔަ އަހަރު ވެސް ވާދަ ކުރި ވަން އެންޑް އޮންލީ ރިސޯޓްގެ ޓީމާ އެވެ.

އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ޝަންގްރިއްލާގެ 20 ކުޅުންތެރިއަކާއި 5 އޮފިޝަލަކު މާލެ ގޮސްތިބި އިރު އެ މީހުންގެ ތިބެނީ ޝަންގްރިއްލާއިން ހިންގަމުން އަންނަ ޓްރޭޑާސް ހޮޓަލުގަ އެވެ.