Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

ލަންކާގެ އެކްޓަރު ދަރުޝަން މަރުވެއްޖެ

ސްރީ ލަންކާގެ ކުރީގެ ތަމަޅަ ޓައިގަރުންގެ ލީޑަރު ޕްރަބަރާކަރަންގެ ރޯލު ފިލްމު "ޕްރަބަރަކާރަން" ގައި ކުޅުނު އެ ގައުމުގެ މަޝްހޫރު އެކްޓަރު ދަރުޝަން ދަރަމަރާޖް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 41 އެކްޓަރު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ކަމަށެވެ. އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

ދަރުޝަން މަރުވި އިރު އޭނަ އަކީ އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އަދި މަރުވި އިރު ރިލީޒްނުވާ އޭނަގެ 10 ފިލްމެއް އެބައޮތެވެ. ދަރުޝަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ސިންގަޅަ ފިލްމު "ކަވުރުތު ޑަނޭ ނާ" އެވެ.

އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ސުޕަރްނާ (2020) އާއި އެ އަހަރުގެ "ސުނާމީ" އާއި 2018 ގެ "ކޮމާލީ ކިންގްސް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.