Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދިވެހިންނަށް ފަހިވާ ގޮތަށް ޓޫރިޒަމް ބަދަލުކުރަން ގޮވާލައިފި

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

ދިވެހިންނަށް ފަހިވާގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ބަދަލުކުރަން ޖެހޭކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނާޒިމް ވަނީ ރާއްޖޭގައި ހިނގަހިނގާ އޮތް 166 ރިޒޯޓު އޮތްއިރު ދިވެހިންގެ ފުރިހަމަ ބާރު ހިނގާ އަދި ދިވެހިންގެ ކިތައް ރިޒޯޓު އެބައޮތްތޯ ސުވާލު ކުރައްވާފައެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ދިވެހިންނަށް ފަހިވާގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ބަދަލުވާން ޖެހޭ ކަމަށެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އޮކްޓޫބަރު 3 ވަނަ ދުވަހެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.