Last Updated: April 24, 17:43
Wednesday, April 24, 2024
މުނިފޫހިފިލުވުން

އުރްމިލާ ވެސް ވެބް ސީރީޒެއް ކުޅެނީ

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކަމަކު މިހާރު އެއްގޮތަކަށް ވެސް ފިލްތަކުން ނުފެންނަ ބޮލީވުޑްގެ ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރް ވެބް ސީރީޒެއް ކުޅެން ފަށައިފި އެވެ.

މީގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، "ތިވާރީ" ގެ ނަން ދީފައިވާ ސީރީޒްގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ސީޒަންތަކަށް ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒަކީ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ ސޯރަބް ވަރުމާ އެވެ.

"ތިވާރީ" ގެ ޕްރޮޑިއުސަަރުންނަކީ ޑރ. ރާޖް ކިޝޯރް ކަވާރޭ އާއި އުތުޕާލް އަޗާރިއާ އެވެ. ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭން ޕްލެޓްފޯމެއް އަދި ހާމައެއްނުކުރެ އެވެ.

ކެރިއަރުގެ ރަންޒަމާނުގައި އުރްމިލާ އަކީ ވަރަށް ރީތި އަދި އެހާމެ މަގުބޫލު ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ބަތަލާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "ސަތިއާ"، ޕިންޖަރު"، "ބޫތު"، "ޖުދާއީ"، "ކޯން" އަދި "އޭކް ހަސީނާ ތީ" ހިމެނެ އެވެ.

މިހާރު އުމުރުން 48 އަހަރުގެ އުރްމިލާ އަކީ ޒީޓީވީން މިދިޔަ މަހު ނިންމައިލި "ޑީއައިޑީ ސުޕަ" ގެ އެންމެ ފަހުގެ ސީޒަންގެ ޖަޖްކަން ވެސް ކުރި ތަރިއެކެވެ.