Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

އުމްރާވެރިންނަށް ތިން މަހުގެ ވިސާ ދެނީ

އުމްރާގެ އަޅުމަށް ސައުދީ އަރަބިއްޔާ އަށްދާ މީހުންނަށް މިހާރު ދެމުން އަންނަ މަސް ދުވަހުގެ ވިސާ، ތިން މަހަށް ދޭ ގޮތަށް އެ ގައުމުން ނިންމައިފި އެވެ.

މިކަން ސައުދީގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ އިއުލާންކުރެއްވީ އުޒުބެކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ދެ ދަތުރު ނިންމަވާލައްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ގޮތުގައި އުމްރާގެ އަޅުމަށްދާ މީހުންނަށް މިހާރު ދޫކުރާ މަސް ދުވަހުގެ ވިސާގެ މުއްދަތު މިހާރު ވަނީ ތިން މަހަށް އިތުރުކޮށްދޭން ނިންމައިފަ އެވެ. އަދި މި ފުރުސަތު ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ދޭން ނިންމި ވިސާގެ ލުއަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ސައުދީ އަކީ ކޮންމެ އަހަރަކު ވެސް އުމްރާގެ އަޅުމަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ޒިޔާރަތްކުރާ ގައުމެކެވެ.

މީގެ ދެ އަހަރު ކުރިން ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ހައްޖާއި އުމްރާގެ އަޅުކަމަށް ވަރަށް ބޮޑު ބުރުލަކާއި ތާށިތަކެއް އެރި ނަމަވެސް މަޑުމަޑުން ސައުދީން ވަނީ ވަރަށް ގިނަ ލުއިތައް އަލުން ދީފަ އެވެ.