Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

އުބައިދުﷲ ފިލީ ފުލުހުން ހޯދަން އުޅޭކަން އެނގިގެން

އައްޑޫ ހިތަދޫން ރޭ ގެއްލިގެން ހޯދަން އިއްލާން ކުރި އުބައިދުﷲ ހުސެއިން ފިލީ ކޯޓުން ކުރި ހުކުމަކާ ގުޅިގެން ފުލުހުން އޭނާ ހޯދަން ފެށުމުން ކަމަށް އެނގިއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުބައިދުﷲ ފިލީ ހިތަދޫ ފުލުސް ސްޓޭޝަންގެ ފާރުމަތިން އެރި މައްސަލައަކާ ގުޅިގެން ހުއްދަ ނޫން ތަނަށް ވަނުމުގެ ކުށުގެ ދައުވާގެ ހުކުމް ސާބިތު ކުރުމަށް އޭނާ ހޯދަން ފުލުހުން މަސައްކަތް ފެށުމުންނެވެ.

ފުލުހުން ރޭ އޭނާ ހޯދުމަށް އިއިލާން ކުރުމުން ފަހުން އޭނާއާ ފަހުން ފުލުހުންނާ ވަނީ ގުޅިފަ އެވެ. އުބައިދުﷲ ފެނުނު އިރު ހުރީ މަރަދޫގެ މަސް ދޯންޏަކުން މަހަށް ގޮހެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.