Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

ކޫއްޑޫގެ އިމާރާތެއްގެ މަތިން ވެއްޓުނު މީހާ މަރުވެއްޖެ

އައިޖީއެމްޗު ހޮސްޕިޓަލް، ފޮޓޯ: ޕީއެސްްއެމް

ގއ. ކޫޢްޑޫގައި ހުންނަ މިފްކޯގެ އިމާރާތުގެ ފުރާޅުމަތިން ވެއްޓުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިފްކޯގެ އިމާރާތުގެ ފުރާޅުމަތިން ވެއްޓުނު މީހާއަށް އައިޖީއެމްެއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށެވެ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ވެއްޓި އަނިޔާވި މީހަކީ 41 އަހަރުގެ އިންޑިއާ މީހެކެވެ. އެމީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ. އަދި އޭގެ ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.