Last Updated: July 3, 09:30
Thursday, July 3, 2025
ޚަބަރު

އިންޑިއާ އިން އެމްއެންޑީއެފަށް 24 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާއިން ދިވެހި ސިފައިންނަށް 24 ވެހިކަލް ހަދިޔާކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް އެ ވެހިކަލްތައް ހަދިޔާކުރެއްވީ، އެގައުމުގެ ފޮރިން ސެކްރެޓަރީ އެޗްއީ ވިނޭ ކުވަތުރާ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވެހިކަލްތަކާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކާއި ހަވާލުވެވަޑައިގެން މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއާއި ދިވެހިންނާ މެދު ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބައެއް އުޅަނދުތައް ހަދިޔާކޮށްފަ އެވެ.