Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ކުޅުދުއްފުށީ ހުކުރު މިސްކިތަށް ގެއްލުންތަކެއް ދީފި

ހދ.ކުޅުދުއްފުށި ސިޓީގެ ހުކުރު މިސްކިތަށް ގެއްލުންތަކެއް ދީފި އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.

އެގޮތުން މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލުމާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވަނީ މަދު ފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސްއެޅެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކިތަންމެ ވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، ރަށުގެ ތަރައްޤީ އާއި ރައްޔިތުންގެ ހެވާލާބައަަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.