Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަޒްހާން މަރާލީކަމުގެ އެއްވެސް ހެއްކެއް ނެތް: ފޮލިސް

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27 މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒްހާން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ހުޅުމާލެގައި އޮންނަ ސްކޭޓު ޕާކާއި ދިމާލުން ވަލުތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް. ބޮޑަށް ކުނިފެފައެވެ. އަޒްހާނު ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭ ގޮތުން އެތައް ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

އަޒްހާންގެ މަރާއި ގުޅޭ ގޮތުން ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ނިރޮޅު މަގުގެ ހުޅަނގު ފަރާތް ބަލައި ފާސް ކުރުމުގެ ތެރޭގައި އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެހިސާބުން ގެއްލިގެން ހޯދާ މީހެއްގެ މައްސަލަ އަކުން މަރުގެ މައްސަލައަކަށް ތަހްގީގު ބަދަލުކޮށް ތަހްގީގު ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިހާތަނަށް އަޒްހާން މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައި ނުވާކަމަށެވެ.

އަޒުހާން ގެއްލިގެން ފުލުހުން ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖު އެނަލައިޒް ކޮށް އެންމެ ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ސްކޭޓު ޕާކު ސަރަހައްދު އިތުރަށް ބެލުމަށް ތަހްގީގު ޓީމުން ނިންމި ކަމަށެވެ.