Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީން ކަލަންޑަރު ވިއްކަނީ

އަންނަ އަހަރުގެ ކަލަންޑަރު އިސްލާމިކް މިނިސްޓްރީން ވިއްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ ހިޖުރީ ތާރީހުތަކާއި މީލާދީ ތާރީހުތައް ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޑެސްކް/ވޯލް ކަލަންޑަރު ވިއްކަން ފަށަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން މިނިސްޓްރީން ވޯލް ކަލަންޑަރު ވިއްކަން ފަށާނެ ކަމަށް ބުންޏެވެ. އެކަމަކު ޑެސްކް ކަލަންޑަރު ވިއްކަން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ދެ ވައްތަރުގެ ކަލަންޑަރު ވެސް ވިއްކަން ހަމަޖެހިފައި ވަނީ 30ރ. އަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އަންނަ އަހަރުގެ ކަލަންޑަރުތައް ކުރިއެކޭ އެއްގޮތަށް މި އަހަރު ވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ބިލްކުރާ ގޮތަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ 3020251 އާއި 3020400 އިން ލިބޭނެ އެވެ.