Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑެންގޫ ޖެހިގެން 24 ގަޑިއިރުތެރޭ ދެ މަރު!

ޑެންގޫ ޖެހިގެން އިއްޔެ ކުޑަކުއްޖަކު މަރުވެފައި ވަނިކޮށް އެ ބަލީގައި ޒުވާނަކު ވެސް މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވީ އއ. ތޮއްޑު އަށް އުފަން 19 އަހަރުގެ ފިރިހެނެކެވެ. ޑެންގޫ ޖެހިގެން އިއްޔެ ހެނދުނު މަރުވީ 8 އަހަރުގެ ކުއްޖެކެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ޑެންގޫ އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ) ގެ އިތުރުން ޑޮކްޓަރުން ވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅި އެޅުމަށް އިރުޝާދު ދެއްވަމުންނެވެ. ޑެންގޫ އަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔެކެވެ.

ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މި ދުވަސްވަރު އެންމެ ގިނަ ކުދިން ޑެންގޫ ހުންޖެހިގެން ފޮނުވަނީ ނ، ރ އަދި މ އަތޮޅުން ކަމަށެވެ. އަދި މާލެއިން ބަލީގެ ކޭސްތަކެއް އުޅޭ ކަމަށެވެ.